ލިޔުންތެރިންގެ ގުޅުމުގެ ރަސްމީ ވެބްސައިޓް
އޭރުގެ ފަތްފުށްތަކުން.... (90) Print E-mail
ބަހާއި އަދަބު - އަދަބިއްޔާތު
އަންގާރަ, 16 ސެޕްޓެމްބަރ 2014 00:03

(ވޭތިވެދިއަ ޒަމާން)

الفاضل ބޮޑުފެންވަޅުގޭ سيدى

އައްސައްޔިދު ބޮޑުފެންވަޅުގޭ ސީދީ (އަލްޤާޟީ ޙުސައިން ޢަފީފުއްދީން) – ރަޙިމަހުﷲ - އަކީ، ލިޔުންތެރިއެކެވެ. އެއަށްވުރެ މާ މަޝްހޫރު، ކުޅަދާނަ ޅެންވެރިއެކެވެ. ދިވެހި ޅެންވެރިކަމުގެ ދުނިޔޭގައި [ޙިމާރުލް ޤައުމު] ގެ ނަމުގައި މަޝްހޫރުވެފައިވާ ޝާޢިރަކީ، އެމަނިކުފާނެވެ. އެމަނިކުފާނަކީ، ވާހަކަ ލިޔުންތެރިއެއްވެސް މެއެވެ. ލިޔުއްވާފައިވާ މަޝްހޫރު ވާހަކަތަކުގެ ތެރޭގައި [ދިއްލީގޭ އިބްރާހީމް ދީދީގެ ވާހަކަ] އާއި [މާމަކުނުދޫ ބޮޑު ޢީސަގެ ވާހަކަ] ފާހަގަ ކޮށްލެވެއެވެ. އަދަބީ ފޮތްތަކަށް ބަލައިލާއިރު، [ދިވެހި ޅެންހެދުމުގެ މަސައްކަތްތެރިކަމުގެ ރަންތަރާދު] އާއި [ކަންޒުލް އަދަބު] އާއި [އައްސައްޔިދު ބޮޑުފެންވަޅުގޭ ސީދީގެ އިހުގެ ޅެންތައް] ފާހަގަ ކޮށްލެވެއެވެ. 
 
މިވަނީ ކީއްބާ!!!!!! Print E-mail
ދީނާއި ދުނިޔެ - އިޖްތިމާޢީ
އަންގާރަ, 16 ސެޕްޓެމްބަރ 2014 00:00

ލިޔުނީ: ޙަސަން ޒަހީން
ހާލަތު ބަދަލުވެއްޖެއެވެ. ދިރިއުޅުމުގެ ގޮތްފޮތް ބަދަލުވެއްޖެއެވެ. ޤަބޫލުކުރި އުސޫލުތަކާއި ހަމަތައް ފަސްދީ އޮބައިފިއެވެ. މާޒީއާއެކު އެކަމުގެ ވާހަކަތައް ފަހަތައް ސޮއްސާލައިފިއެވެ. ޤަބޫލުކުރުމާއި ނުކުރުން އޮތީ އެމީހަކަށެވެ. މިއަދު މިތިބީ ހުރިހާގޮތަކުން ބަދަލުވެފައެވެ. ފުދިފައެވެ. ދިރިއުޅުމުގެ ހަމަތަކާއި އުސޫލުތަކެވެ. ޤަބޫލުކުރި ކުރުންތަކާއި އާދަތަކެވެ. އެއްބައެއްގެ ނަޒަރުގައި މިއީ ތަރައްޤީއެވެ. އަނެއްބައެއްގެ ނަޒަރުގައި މިއީ "ރޭރު"ވުމެވެ.
 
ބައްޕަގެ ހެޔޮނަސޭހަތް...! Print E-mail
ކިޔުންތެރިން ދެކޭގޮތް: / 2
ދެރަވަރަށް ރަނގަޅު 
ބަހާއި އަދަބު - ވަޒަންބަހުރުވަ
ހޯމަ, 15 ސެޕްޓެމްބަރ 2014 00:01
މިއީ ލިޔުންތެރީނގެ ގުޅުމުގެ މެންބަރުންނަށް ޝާއިޢުކޮށްފައިވާ ޅެމެކެވެ.

އަބޫބަކުރު އާދަމް، ސިލްވަރބީޗް، ނ.މަނަދޫ

ހެޔޮބަސް އަހައިގެން ހެޔޮލަފާ އުޅުމެއް އުޅޭށޭ ދަރިފުޅާ
              ހެޔޮ  ނިޔަތުގައި   ހެޔޮއަމަލުތައް ފަށްފަށް ކުރާށޭ  ދަރިފުޅާ

އަންނަނިވި ކުރިމަގު އަލިކުރަންއޮތް ރޫހުގައި ހިތްވަރުކުރަން
              އަންގާ  ނަސޭހަތް ތެރިވަމޭ  ހިޔަހާސް ފަށުން އެދި ދަރިފުޅާ
 
އެ ވާހަކަ އާއި މި ވާހަކަ (3) Print E-mail
ކިޔުންތެރިން ދެކޭގޮތް: / 2
ދެރަވަރަށް ރަނގަޅު 
ބަހާއި އަދަބު - ވާހަކަ
ހޯމަ, 15 ސެޕްޓެމްބަރ 2014 00:00

އެ ވާހަކަ އާއި މި ވާހަކަ (3)
އެއްކޮށް، ލިޔުނީ: އަޙްމަދު އަޖުމަލް ޙާމިދު

ފަންސުރުގެ މަޤްޞަދު


ފަންސުރު ހަދާމީހާ ފަންސުރު ހަދާ ނިންމާފައި ފޮށްޓަށް ލުމުގެ ކުރިން އިހަށް އެއްފަރާތެއްގައި އެ ބޭއްވިއެވެ.

"ތިބާ ބާޒާރަށް ނެރުމުގެ ކުރިން، ތިބާއަށް އެނގެންޖެހޭ ފަސްކަމެއް އަހަރެން ތިބާއަށް ބުނެދޭނަމެވެ." އޭނާ ފަންސުރަށް ބުންޏެވެ. "އެ ކަންކަން ހަނދުމަނެތިނުކޮށް އަބަދުވެސް ހަނދާން ބަހައްޓާށެވެ. އޭރުން ތިބާ ތިބާގެ ފެންވަރުން އެންމެ ރަނގަޅު ފަންސުރަކަށް ވާނެއެވެ.
 
އެ ވާހަކަ އާއި މި ވާހަކަ (2) Print E-mail
ކިޔުންތެރިން ދެކޭގޮތް: / 1
ދެރަވަރަށް ރަނގަޅު 
ބަހާއި އަދަބު - ވާހަކަ
އާދީއްތަ, 14 ސެޕްޓެމްބަރ 2014 00:00

އެ ވާހަކަ އާއި މި ވާހަކަ (2)

އެއްކޮށް، ލިޔުނީ: އަޙްމަދު އަޖުމަލް ޙާމިދު

ސައި ޖޯޑު


އެއްފަހަރަކު ޖަޕާންގެ ޢިލްމުވެރިޔެއްގެ ގާތަށް ޒުވާނަކު އުނގެނުމަށް ދިޔައެވެ. އޭގެ ދެމީހުން އިރުކޮޅަކު ވާހަކަ ދައްކަން ތިއްބެވެ. އެއަށްފަހު އެ ޢިލްމުވެރިޔާ އޭގެ ދެމީހުންނަށް ސައިތައްޔާރުކުރަން ފެށިއެވެ. އޭނާ އޭނާގެ މެހުމާނުގެ ޖޯޑަށް ފުރެންދެން ސައި އެޅިއެވެ. އެ ފުރި ބަންޑުންވަމުން ދިޔައިރުވެސް އޭނާ ސައި އެޅުން ހުއްޓައެއް ނުލިއެވެ. އެ ޒުވާނާ ސައި ބަންޑުންވާތަން ބަލަން އިނެވެ. އަދި އެންމެފަހުން ކެތް ނުކުރެވިގެން ބުންޏެވެ.
 
 
ސާހިބާ (31) Print E-mail
ކިޔުންތެރިން ދެކޭގޮތް: / 2
ދެރަވަރަށް ރަނގަޅު 
ބަހާއި އަދަބު - ވާހަކަ
އާދީއްތަ, 14 ސެޕްޓެމްބަރ 2014 00:00

ފާޠިމަތު ނަހުލާ
(12 ސެޕްޓެމްބަރ 2014 (ހުކުރު) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
ޝަހުދާ ބައްދަލުކުރަން އޭނާ ހަދާނީ ކިހިނެއް ހެއްޔެވެ؟ ޖެހިޖެހިގެން ދެމީހުންގެ ކޮޓަރި ހުރި ކަމުގައިވިޔަސް، ދެމީހުންގެ ދެމެދުގައި އެތައް ހުރަސްތަކެއް ވެއެވެ. ކުރިމަތީގައި ހުރި ކޮޓަރީގައި ބައްޕަ އުޅޭއިރު، ބައްޕައަށް އެނގިދާނެތީ ވިސްނާން ޖެހެއެވެ.

ޝަހުދު ކޮޓަރީގެ ސޯފާގައި އިށީނދެލައިގެން އިނެވެ. އޭނާ އެއްގޮތަކަށްވެސް ނިންޖެއް ނާދެއެވެ. އޭނާގެ މޭގެ ތެރޭގައިވާ ހިތް ތެޅިފޮޅެނީއެވެ. ދެން އޭނާއަށް މީނާ ފެންނާނޭހެނެއްވެސް ހިއެއް ނުވެއެވެ. މާދަމާއަކީ އެދެމީހުންގެ ދެމެދުގައިވާ ހުރިހާ ގުޅުމެއް ކެނޑިގެންދާ ދުވަހެވެ. މިރެއަކީ އެންމެފަހު ރެއެވެ. މާދަމާގެ ފަހުން ޝަހުދަށް މީނާއެއް ނުފެންނާނެއެވެ. އެއީ ހަމަ ޔަޤީން ކަމެކެވެ.
 
އެ ވާހަކަ އާއި މި ވާހަކަ (1) Print E-mail
ކިޔުންތެރިން ދެކޭގޮތް: / 1
ދެރަވަރަށް ރަނގަޅު 
ބަހާއި އަދަބު - ވާހަކަ
ހޮނިހިރު, 13 ސެޕްޓެމްބަރ 2014 00:01
 

އެ ވާހަކަ އާއި މި ވާހަކަ (1)

އެއްކޮށް، ލިޔުނީ: އަޙްމަދު އަޖުމަލް ޙާމިދު

ރޯނު އެދުރު


އެއްފަހަރަކު ޒުވާނަކު ޚަލީފާ މައުމޫންގެ އަރިހަށް ގޮސް އޭނާ އެއީ ބޮޑު ޢިލްމުވެރިއެއްކަމުގެ ދަޢުވާ އުފުލި އެވެ.  އޭނާ ދެންނެވި އެވެ. "ޙަދީޘް ޢިލްމާބެހޭގޮތުން އަޅުގަނޑާ ސުވާލުކުރައްވަބައްލަވާށެވެ! މަނިކުފާނު ކޮންމެ ސުވާލެއް ކުރެއްވިޔަސް، އަޅުގަނޑު ޖަވާބު އަރުވާނަމެވެ."
 


ޞަފްޙާ 1 ■ ޖުމްލަ ޞަފްޙާގެ ޢަދަދު 314
  • JoomlaWorks Simple Image Rotator
  • JoomlaWorks Simple Image Rotator
  • JoomlaWorks Simple Image Rotator
  • JoomlaWorks Simple Image Rotator

މި ވަގުތު އޮންލައިންގައި

 177 ކިޔުންތެރިން 

ބަސްފޮތުން

ހަންޓޯޓޯވުން މ. މުސްކުޅިވެ ދަތްވެރި މޫނުގައިރޫޖެހި، އަނގަ ވަޅުވަނުން.
ލިޔުންތައް ކިޔައިފައިވާ ޖުމްލަ ޢަދަދު : 4637328

އެންމެފަހުގެ ޚިޔާލުތައް