ލިޔުންތެރިންގެ ގުޅުމުގެ ރަސްމީ ވެބްސައިޓް
ހަމައެކަނި ވިދާޅުވެލެއްވުމަށް....(62) Print E-mail
ތާރީޚާއި ސަގާފަތު - ދިވެހި ތާރީޚު
ބުދަ, 30 ޖުލައި 2014 00:01

ހަފްތާގެ އިންޓަރވިއު

ފެންތިކިތިކީން ޖާޑިއެއް ފުރިދާނެއެވެ.

އެޑިޓަރ
އަޅުގަނޑު ތަޢާރުފުވެލީ އަމިއްލައަށެވެ. އަޅުގަނޑު، އެގުމުގެ نشان އެއް އެއްގޮތަކަށްވެސް މޫނުމަތިން ފެންނާކަށް ނެތެވެ. ދެން އަޅުގަނޑު ނަންގަތީ އަޅުގަނޑުމެންގެ ނޫހުގެ ނަމެވެ. މިފަހަރު ކުޑަ ކުޑަ ވިދުމެއް، އަޅުގަނޑަށް ފެނުނު ކަހަލައެވެ. ހަފުތާ ކިޔާ ނޫހަކުން އައި މީހެކޭ އަޅުގަނޑު تكرار ކުރުމުން އޭނާ ބައްލަވާ ލެއްވީ ފިހާރައާ ދިމާއަށެވެ. އެހެންމީހަކަށް، އަޅުގަނޑުމެންނާއި ބައިވެރިވާން دعوت ދެއްވި ކަހަލަ ގޮތަކަށެވެ. އަޅުގަނޑު ދިޔައީ ސިއްސައިގެންނެވެ.
 
އެއް ހާސް އަހަރު (ދިހަ ވަނަ ބައި) Print E-mail
ބަހާއި އަދަބު - ވާހަކަ
ބުދަ, 30 ޖުލައި 2014 00:00

އަޙުމަދު ރަޝީދު، ރިކާޒް، ލ. ފޮނަދޫ

(17 ޖޫން 2014 (އަންގާރަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
އުޑުމަތީގައި ހުރި ވިއްސާރަ ވިލާތައް ސާފުވެއްޖެއެވެ. ހަނދުވަރުގެ އަލިކަން އެއްވެސް ހުރަހެއް ނެތި ދޭން ފަށައިފިއެވެ. ގަސްތަކުގެ ތެރެއިންވެސް ބިމަށް ހެޔޮވަރު ވަރަކަށް އަލިކަން ފެތުރިފައިވެއެވެ. އެވަރުން ބިޝާރާއަށް ތަންތަން ފެންނަވަރު ވެއެވެ. ނަމަވެސް އޭނާގެ ދެލޯވެސް ވަނީ ވަށައިގެންވާ އަނދިރިކަމަށް ހޭނިފައި ކަހަލައެވެ. ހަމަގައިމުވެސް ވެމްޕަޔަރުން ގޮތަށް ރޭނގަނޑުގެ އަނދިރިކަމުގެ ތެރެއިން ތަންތަން ދުށުމުގެ ޤާބިލުކަމެއް އޭނާއަށް އަދި ލިބިފައެއް ނުވެއެވެ. އެހެން ހިތަށް އެރުމާއިއެކު ބިޝާރާ ކަންބޮޑުވިއެވެ.
 
އައުޓު ސޯސްކުރާން ބޭނުންވަނީ ކިހާ މިންވަރަކަށްހެއްޔެވެ.؟ Print E-mail
ކިޔުންތެރިން ދެކޭގޮތް: / 1
ދެރަވަރަށް ރަނގަޅު 
ދީނާއި ދުނިޔެ - އިޖްތިމާޢީ
އަންގާރަ, 29 ޖުލައި 2014 00:06

މުޙައްމަދު އިސްމާޢީލު ފުޅު، މއ. މާފުނަ

ކަން ފަސޭހަކޮށްލުމުގެ ގޮތުން ނަމަވެސް ނުވަތަ ލިބިފައިވާ އަމިއްލަ ތަނަވަސްކަމަކާއި ފުއްދުންތެރިކަމެއްގެ ނިވަލުގައި ނަމަވެސް ނޫނީ އަމިއްލަ ޖާހާއި ޤަދަރަށް އުނިކަމެއް ލިބިދާނެކަމަށް ކުރެވޭ ހީކުރުންތަކަކާ ގުޅުވައިގެން ނަމަވެސް ފަސޭހަކަމާއެކު އަމިއްލަޔަށް ކޮށްލެވެން ހުންނަ ވަރަށް ގިނަ ކަންތައްތައް އެ ކަންކަމަށް އަގު ކަނޑައަޅައި އެކިއެކި ފަރާތްތަކާ ޙަވާލުކޮށް އެ ކަންކަން ނިންމުމަކީ އަޅުގަނޑުމެންގެ ތެރޭގައި ކުރިން ވެސް ކޮށް އުޅުނު ކަންކަމެކެވެ. ޤައުމީ އުފުއްދުންތެރިކަމާ ގުޅުންހުރި ކަންތައްތަކާއި، އިޤްތިޞާދީ ފުއްދުންތެރިކަމާ ގުޅުން ހުރި މަސައްކަތްތަކާއި، ދިވެހި މުޖްތަމަޢަށް އެ ކަމުގެ ސަބަބުން އަސަރަކުރުވަނިވި ވަރަށް ގިނަ ކަންތައްތަކެއް އޭގެ ތެރޭގައި ހިމެނެއެވެ.
 
ކިންގް ސުޢޫދުގެ ދުވަހެއް Print E-mail
ކިޔުންތެރިން ދެކޭގޮތް: / 1
ދެރަވަރަށް ރަނގަޅު 
ބަހާއި އަދަބު - ޝަޚްޞިއްޔަތު
އަންގާރަ, 29 ޖުލައި 2014 00:08

އޭރުގެ ފަތްފުށްތަކުން.... (78)

ކިންގް ސުޢޫދުގެ ދުވަހެއް

عبد اللّه حميد

އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދު (ނ.ޢ.ޢ.ވ) އަކީ، މޮޅު ލިޔުންތެރިއެކެވެ. ކުޅަދާނަ ވާހަކަދެއްކުންތެރިއެކެވެ. ޅެންވެރިއެއްވެސް މެއެވެ. ދިވެހިބަހާއި އަދަބިއްޔާތަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައި ޚިދުމަތްތެރިއެކެވެ. ތަފާތު ނޫސް މަޖައްލާތަކަށް ގިނަ ލިޔުންތަކެއް ލިޔުއްވައި އަދި ތަރުޖަމާ ކުރައްވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނުވަނީ ރާއްޖޭގައި ނުކުތް ގިނަ ނޫސް މަޖައްލާތަކަށް ލިޔުއްވާފައެވެ. އަދި މަޖީދިއްޔާ މުސްކުޅި ދަރިވަރުންގެ ޖަމްޢިއްޔާގެ މަޖައްލާ [ޢިލްމީ އޮއިވަރު]އާއި ދިވެހިބަހާއި ތަރީޚަށް ޚިދުމަތްކުރާ ޤައުމީ މަޖިލީހުގެ މަޖައްލާ [ފަތްތޫރަ]އާއި ދިވެހި ނާދީގެ މަޖައްލާ [ހުވަނދު]ގެ މުޙައްރިރުކަންވެސް ކުރައްވައިފައިވެއެވެ.
 
ދިޔަރެސް (23) Print E-mail
ކިޔުންތެރިން ދެކޭގޮތް: / 1
ދެރަވަރަށް ރަނގަޅު 
ބަހާއި އަދަބު - ވާހަކަ
އަންގާރަ, 29 ޖުލައި 2014 00:00

މޫސާ ޞާއިދު

(23 ޖޫން 2014 (ހޯމަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
[މީ ނުލާހިކު ތާށި ދުވަސްވަރެއް...ކިހިނެއް ހެދުން އާކުރާނީވެސް...އެހެން ނޫނަސް، އަހަރެން މާބޮޑު ޝައުޤުވެރިކަމެއް ނުހުރޭ، އާ ހެދުން ފައްސާކަށް.] ސުދާ ބުންޏެވެ. މުޢާޒު ކާންފެށިއެވެ.
 
ޝުކުރުވެރި ހިތަކުން...! Print E-mail
ކިޔުންތެރިން ދެކޭގޮތް: / 1
ދެރަވަރަށް ރަނގަޅު 
ހޯމަ, 28 ޖުލައި 2014 22:52

 ޢަބްދުއްރަޝީދު ޙުސައިން
ބަރަކާތްތެރި ރޯދަމަސް ނިމުނީއެވެ. އުފާވެރި ކުޑައީދާ ބައްދަލުވީއެވެ. ނިމިގެންދިޔަ ރޯދަމަހު އަޅުގަނޑުމެންނަށް ލިބުނީ މަތިވެރި އަދި ގިނަގުނަ ނިޢުމަތްތަކެކެވެ. އެ ނިޢުމަތްތަކަށް ޝުކުރުވެރިވުމަކީ، ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ވާޖިބެކެވެ. ޝުކުރުވެރި ހިތަކުންނެވެ. އިތުރު ނިޢުމަތްތަކަށް އެދެމުންނެވެ.
 
ރަމަޟާން މަހަށް އަލްވަދާޢު ކިޔާ އިރު Print E-mail
ކިޔުންތެރިން ދެކޭގޮތް: / 1
ދެރަވަރަށް ރަނގަޅު 
ދީނާއި ދުނިޔެ - މުޢާމަލާތު
ހޯމަ, 28 ޖުލައި 2014 00:01

އިބްރާހީމު ރަޝީދު މޫސާ
ދުވަސްތައް ބުރު ޖަހަމުން ފާއިތުވަމުން ގޮސް ރަމަޟާން މަސް އަޅުގަނޑުމެންނާ ވަކިވަން ތައްޔާރު ވަނީއެވެ.އެ މަހުގެ ނޫރުތައް ނިވިގެންދާން ކައިރިވަނީއެވެ. އެ މަހުގެ އުޖާލާކަމުން ބެބުޅި ބެބުޅުން  ކަނި ވަނީއެވެ. ރަމަޟާން މަހުގެ ރޭތަކާއި ދުވަސްތައް އިޙްޔާކުރުމުންނާއި އެ ރޭތަކާއި ދުވަސްތަކުގައި  ޤުރްއާނުކިޔެވުމުންނާއި، އެ ރޭތަކާއި ދުވަސްތަކާއި ރޭތަކުގައި ކުރި  އިބްތިހާލުތަކާއި ދުޢާތަކާއި އިޢުތިކާފުތަކުން ފެތުރިގެން ދިޔަ އަލިކަން ނެތިވެ އަދިރިކަމުގެ ތެރެއަށް އަލުން ވެއްޓޭ ވަގުތު ކުޑަތަން ވާ އިރު ހިތަށް ކުރުވާ އަސަރުތަކާ މެދު ވިސްނައިލެއްވީމުތޯއެވެ؟
 


ޞަފްޙާ 1 ■ ޖުމްލަ ޞަފްޙާގެ ޢަދަދު 301
  • JoomlaWorks Simple Image Rotator
  • JoomlaWorks Simple Image Rotator
  • JoomlaWorks Simple Image Rotator
  • JoomlaWorks Simple Image Rotator

މި ވަގުތު އޮންލައިންގައި

 91 ކިޔުންތެރިން 

ބަސްފޮތުން

ހަންދަ ނ. 1 މޫދުގައި ދިރިއުޅޭ ގޮޅާބާވަތުގެ އެއްޗެއް. މީގެ ބޭރުގައި ހުންނާނީ އުން ފަޅާފައެވެ. 2 ސަނދަރަބޮލި.
ލިޔުންތައް ކިޔައިފައިވާ ޖުމްލަ ޢަދަދު : 4091897

އެންމެފަހުގެ ޚިޔާލުތައް