| ކަލެއަށް ފަކީރާ އިން ދެއްވި އިރު ............ |
|
|
| ބަހާއި އަދަބު - ސަމާސާ އަދަބު | ||||
| ބުރާސްފަތި, 05 އޭޕްރިލް 2012 00:00 | ||||
|
އަޙުމަދު ސަމީރު ޢަލީ "ގަލަމުގެ އަގު" މި ސުރުޚީގެ ދަށުން އަޅުގަނޑުމެންގެ އެދުރުބޭ އަލް އަޚް ސޯދުބޭ ލިޔުއްވި އަސަރުގަދަ މަޒުމޫނުން، ފަންނީ މަސައްކަތެއް ނިމިގެން ދާއިރު ލިޔުން ތެރިން ފިޔަވައި ފަންނީ އެހެން މަސައްކަތް " ކުރައްވާ ބޭފުޅަކުނަމަ އަގު ނަންގަވަނީ............ ފަކީރާ ޖައްސަވާލައްވައިގެންނެވެ." މިހެން ލިޔުއްވާފައި އޮތުމުން އަޅުގަނޑުގެ ހަނދާން މީގެ 30 އަހަރު ފަހަތަށް ޖެހިލީ "އަތްދަށުން ފިރުކައިގެން" ފިސާރި ބާރަށެވެ. ކުއްލިއަކަށް ހަނދާނަށް އައީ އަޅުގަނޑުގެ ވަރަށް ގާތް ރަހުމަތްތެރި ސޫދާނު މީހަކު ކިޔައިދިން ވާހަކައެކެވެ. "ސޫދާނުގައި ވަރަށް އެކުވެރި ރަހުމަތްތެރިކޮށް އުޅުނު ދެ ރަހުމަތްތެރިން، ދުނިޔޭގެ ހާލު ނިޔާކުރާގޮތުގެ މަތިން ދެމީހުން ދެ ދިމާއަށް ދާންޖެހި ދެމީހުން ވަކިވެއްޖެ އެވެ. ދެމީހުން ވެސް ދިރިއުޅުން ތަނަވަސްވޭތޯ އެކި ދުވަސްވަރު އެކި މަސައްކަތް ކުރަމުންދިޔަ އެވެ. ފަންސަވީހަކަށް އަހަރު ފަހުން ދެމީހުން ބައްދަލުވެއްޖެ އެވެ. ބައްދަލުވުމުން ދެމީހުން އުފަލުން ސަލާންގަލާންކޮށް، ސޫދާނު މީހުންގެ ސަލާމުގެ ބަނދިވަރު ނިމިގެން (މިކަމުގައި ފަސްމިނެޓުވެސް ވެދާނެއެވެ!!) ދެމީހުން އެކަކު އަނެކަކަށް ހަމަ އެކަނި ބަލައިލުމުން ވެސް ހާމައަށް ފެންނަން ހުރީ އެކަކުގެ މުއްސަނދި ކަމެވެ. މުއްސަނދި ރަޙުމަތްތެރިޔާ އޭނާ ކުރި ތަފާތު މަސައްކަތްތަކުގެ ވާހަކަ ކިޔައިދީ ނިންމައިލަމުން އޭނާ ކުރިމަސައްކަތަށް ޙައްޤުވާ ތަނަވަސްކަން މާތް ﷲ އޭނާއަށް ދެއްވީ ކަމަށް ބުންޏެވެ. މިހެން ބުނުމުން ފަގީރު ރަޙުމަތްތެރިޔާ ބުންޏެވެ. "އަހަރެންވެސް ހާދަ މަސައްކަތެއް ކުރީމެވެ. އަޅެ...... ކަލެއަށް ދުނިޔޭގެ ތަނަވަސްކަން ފަކީރާ ފަކީރާއިން ނަގައި ދެއްވި ފަރާތުން އަހަންނަށް، ސައިސަމުސަލަކުން ދެއްވި ނަމަވެސް ހާދަ ރަނގަޅެވެ! އެވަރުންވެސް މަށަށް ފުދުނީހެވެ." !!!! --------------
|
||||



ހުވަފެނެއްދޯ؟ އަވަހަށް ގެނެސްދެއްޗޭ! ޓޭކް ގުޑްކެއަރ
ޚިޔާލުތައް